ހަލާލު ގޮތުގައި މުދާ ހޯދުމަކީ ހަޔާތަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނެސްދޭނެ ކަމެއް- ހުކުރު ޚުޠުބާ

ހަމަކަށަވަރުން މާތް ﷲ ވަނީ ކޮންމެ އިންސާނެއްގެ އަޖަލާއި އޭނާގެ ރިޒުޤާއި އޭނާއަކީ ބާއްޖަވެރިއެއްކަން ނުވަތަ އަބާއްޖަވެރިއެއްކަން ލިޔުއްވައިފައެވެ. ނަބިއްޔާ ﷺ ހަދީޘް ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކުމެ، ސާޅީސް ދުވަސް ވަންދެން އޭނާގެ މައިމީހާގެ ބަނޑުގައި ގަރުބަގަނެ، އޭނާ އުފެދެމުން އާދެއެވެ. ދެން ގަނޑުލޭކޮޅަކަށްވެ ހަމަ އެހައި ދުވަހު އެގޮތުގައި އޮވެއެވެ. ދެން މަސްކޮޅަކަށްވެ، ހަމަ އެހައި ދުވަހު އެގޮތުގައި އޮވެއެވެ. ދެން މާތް ﷲ އޭނާގެ ގާތަށް މަލާއިކަތަކު […]