ލުހާ: ނުރައްކާތެރި ޓިއުމަރާއެކު ކެންސަރު ޖެހި 1 ލޮލުގެ ފެނުން ގެއްލި އެދެނީ ފަރުވާއަށް އެހީއަށް!

އުމުރުން އެންމެ 8 އަހަރުގެ ލުހާ މުހައްމަދު އަޝްރަފް (ހދ. ކުރިނބި/ ހުވަނދުމާގެ) އަކީ އާދައިގެ ދިރިއުޅުމެއް އުޅެމުންއައި ކުއްޖެކެވެ. ވާހަކަދެއްކުމުގައި ދަތިތަކެއް ހުރުމުން ލުހާ އަށް ދިޔައީ ފަރުވާ ދެމުންނެވެ. ހަށިގަނޑުގެ ބޭރުފުށުންވެސް އެއްވެސް މައްސަލައެއް ހުރިކަމަކަށް ކުރިން ނުފެނެއެވެ. އެހެންނަމަވެސް ލުހާގެ ހާލަތު ބަދަލުވީ ކުއްލިއަކަށެވެ. ލުހާގެ މަންމަ ޝިރުމީނާ އަބްދުﷲ ވަނީ 'ޒީޓައިމްސް' އަށް ވަރަށް ތަފްސީލުކޮށް ލުހާގެ ހާލަތު ކިޔައިދީފައެވެ. " މިއަހަރު ރޯދަމަހުގެ ހަފްތާއެއްހާ ދުވަސްކުރިން ވަރަށް ބޮޑަށް ހުންއައީ. […]
