ސުވަރުގޭގައި ދަރަޖަ މަތިވެރިވާން އެދޭމީހާ ޞާލިޙު ދަރިއަކު ދޫކޮށްފައިދާށެވެ!

އަޅުގަނޑުމެންގެ ހިތްތަކުގެ މޭވާ، ހިތުގެ ފިނިކަމާއި ހަމަޖެހުން، ލޮލުގެ ނޫރު ކަމުގައިވާ އަޅުގަނޑުމެންގެ ދަރިންނަކީ މާތްﷲ ދެއްވާފައިވާ ވަރަށް އަގުހުރި ނިޢުމަތެކެވެ. އެ ނިޢުމަތުގެ އަގު މިންނުކުރެވޭ ފަދަ ނިޢުމަތެކެވެ. ދަރިންނަކީ މާތްﷲ އިންސާނުންނަށް ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ ތެރެއިން އެންމެ ބޮޑު އެއްނިޢުމަތެވެ. މިނިޢުމަތުގެ އަގު ބޮޑުވަނީ ސަބަބެއްނެތިއެއްނޫނެވެ. ހުރިހައި އެންމެނަށް ދަރިންނެއް ނުދެއްވައެވެ. ދަރިންގެ އުފަލުން މަހުރޫމުވެފައިވާ އެތައް އިންސާނުން ދުނިޔޭގައި އުޅެއެވެ. އެހުރިހައި އިންސާނުންގެ ތެރެއިން ވެސް ތިބާއަށް ދަރިއަކު ދެއްވުމަށް އެކަލާނގެ […]