ފޮޓޯ: ފަސްލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ވެފައިވާ ވަޢުދު ފުއްދުމަށް ގިނަ އަދަދެއްގެ ގަސް އިންދައިފި

ފަސް މިލިއަން ގަސް އިންދުމަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދު ފުރިހަމަކުރުމަށް، ސްޓެލްކޯއިން ވަޢުދުވެފައިވާ ގޮތަށް 500،000 ގަސް އިންދުމުގެ އަމާޒަށް ވާޞިލްވުމަށްޓަކައި ގިނަ އަދަދެއްގެ ގަސް މިހަފްތާތެރޭގައިވެސް ވަނީ އިންދާފައެވެ. މިގޮތުން ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ހަފްތާ ބަންދުތަކުގައި ދަނީ ގަސް އިންދުމުގެ ހަރަކާތްތަކެއް ހިންގަމުން ކަމަށާއި މާތްﷲ އިރާދަފުޅާއެކު ފަސްލައްކަ ގަސް އިންދިގެންދާނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ހުސެއިން ފަހުމީ ވަނީ ވިދާޅުވެފައެވެ.
'އުރީދޫ ފަން ރަން 2025 އައްޑޫ ސިޓީ' ބައިވެރިވުމުގެ ފަހު ދުވަހަކީ މިއަދު!

އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަން 2025 އަށް ރެޖިސްޓަރ ވުމުގެ ސުން ގަޑިއަކީ މިރޭ 23:59 އެވެ. މި ހަރަކާތަކީ ހުރިހާ އުމުރުފުރައެއްގެ ބައިވެރިންނަށް ވެސް ހިތްގައިމު މަޖާ އަދ އާއިލާ އާއި ރައްޓެހިންނާއިއެކު ބައިވެރިވެ ގުޅުން ބަދަހި ކުރުމަށް ރަނގަޅު ހަރަކާތެކެވެ. އައްޑޫސިޓީގެ މަގުތަކުން ކުލައާއި އުފާވެރިކަމާއި ހަކަތަ ގެނެސްދޭނެ އީދެކެވެ. އުރީދޫ ފަން ރަން އަކީ ފިޓްނަސް އަދި މަޖަލާ އެކުގައި ބާއްވާ އެންމެ އުފަވެރި 5ކޭ ދުވުމެވެ. ދުވުންތެރިންނަށް […]
އިޒްރޭލުގެ ޑިފެންސް ސިސްޓަމް 'އަޔަން ޑޯމް' ފެއިލްވީތަ؟

"އަޔަން ޑޯމް" ޑިފެންސް ސިސްޓަމަކީ 2011 އިން ފެށިގެން އިޒްރޭލުން ބޭނުން ކުރަމުން އަންނަ ދިފާއީ ނިޒާމެކެވެ. މިއީ އާންމުކޮށް ކުރު ރާސްތާގެ ހަމަލާތަކުން އެގައުމު ރައްކާތެރި ކޮށްދޭ ސިސްޓަމެކެވެ. އޭގައިވާ ރާޑަރު ސިސްޓަމުން އިޒްރޭލުގެ ސަރަހައްދަކަށް މިސައިލެއް އަމާޒުވުމާއެކު އޭގެ ނުރައްކާތެރި މިންވަރު ދެނެގަނެ އެސިސްޓަމުގެ މިސައިލެއް ވައިގެ ތެރެއަށް ފޮނުވައިގެން ގޮއްވާލާ ނިޒާމެކެވެ. މި ޑޯމް ސިސްޓަމުން އެއްފަހަރާ 20 މިސައިލް ފޮނުވާލެވޭނެއެވެ. އިޒްރޭލުގެ ކޮންމެ ސަރަހައްދެއްގައި 3 ނުވަތަ 4 ޑޯމް ހުރެއެވެ. […]