ވާހަކަ: އޭނާ (ސައުވީސްވަނަބައި)

ދެ މީހުން އަނެއްކާވެސް ހިނގަން ފެށިއެވެ. މިފަހަރު އެ ދެ މީހުން ދިޔައީ މާ ބާރަށެވެ. ކޮންމެ ހިނދުކޮޅަކުން އެއްފަހަރު ފަހަތަށް ބަލަމުންނެވެ. ކުއްލިއަކަށް، އެ ދެ މީހުންނަށް ދުރުން މީހެއްގެ ހިޔަނި ފެނުނެވެ. "އަޝްރަފް، ބަލަ! އެއީ އޭނާތަ؟" އަމީނާ ބިރުން ވަރަށް މަޑުމަޑުން ބުންޏެވެ. އަޝްރަފްމެން ހިނގަމުން ދިޔައިރު، ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށިއެވެ. އެ އަޑު ގާތްވަމުން އަންނަހެންވެސް ހީވެއެވެ. އަމީނާއާއި އަޝްރަފްގެ ހިތް މިހާރު ވަނީ ގަދައަށް ތެޅެން ފަށާފައެވެ. […]