ހެދުންއެޅުމުގައި އިސްލާމީ ގިއުގަނޑުން ބޭރުވެ ނަން މަޝްހޫރު މީހުން ކޮޕީ ކުރުންވަނީ ޢާންމު ކަމަކަށް ވެފައި- ހުކުރު ޚުޠުބާ

ތަވާޟުޢުވެރިކަމަކީ ހިތްތިރިކަމާއި މަޑުމޮޅިކަމެވެ. މީސްތަކުންގެ މައްޗަށް ކިބުރުވެރި ނުވުމެވެ. އަދި ލިބިފައިވާ ޖާހާއި މާލުގެ ސަބަބުން ފަޚުރުވެރި ނުވުމެވެ. ތަވާޟުޢުވެރިކަމަކީ ނަބިއްޔުންގެ ޚުލްޤުފުޅެކެވެ. އަދި މުއުމިނުންގެ ސިފައެކެވެ. އަދި ސާލިޙުންގެ ޢަލާމާތެކެވެ. އެ ސިފައިގެ ސަބަބުން ޝަރަފުވެރިންގެ ޝަރަފު އިތުރުވެއެވެ. އަދި ނަސްރުވެރިންނަށް ނަސްރު ލިބެއެވެ. ހަމަ އެފަދައިން އެ ސިފަ ލިބިގެންވާ މީހަކަށް މީސްތަކުންގެ ފަރާތުން ސަނާއާއި ތާރީފާއި ޝުކުރުގެ ޖިޒީތައް އޮހެއެވެ. އަދި އެ ސިފައިން ޒީނަތްތެރިވި މީހާގެ ދަރަޖަ މާތް ﷲ އުފުއްލަވަތެވެ. […]