ޝައިޚް ފަރީދު: އިސްލާމްދީނުގެ ހައްގުގައި ކެރުމާއެކު މަސައްކަތް ކުރެއްވި ގިނަބައެއްގެ ލޯބި ލިބިފައިވާ ޢިލްމުވެރިއެއް!

ޝައިޚް އިބްރާހީމް ފަރީދު އިއްޔެގެ ވަގުތެއްގައި އަވަހާރަވީ މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލިއަކަށް ވެއްޓިގެންނެވެ. ދީނީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިއާ އަށް ފުރާވަޑައިގަތީ އިއްޔެގެ މެންދުރެއްހާއިރު އެވެ. އެއިރުވެސް ހާލު ރަނގަޅެވެ. ޝައިޚް ފަރީދު ފާހަގަކުރެވިފައިވަނީ އިސްލާމްދީނުގެ ހައްގުގައި ދީނީ މައުލޫމާތު ފެތުރެއްވުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ފާހަގަކުރެވޭ ޢިލްމުވެރިއެއްގެ ގޮތުގައެވެ. ޝައިޚް ފަރީދުގެ ދަރުސްތައް އަސަރުގަދައެވެ. މާނަފުން ޢިބްރަތްތެރި މެސެޖުތަކެއް އެކުލެވިފައިވެއެވެ. މީހުންގެ ހިތުގައި އިސްލާމްދީނަށް ލޯބި ޖެއްސުމަށް ފަސްޖެހިވަޑައިނުގެން […]