އެއްގެއެއްގައި ދިރިއުޅޭ ދިވެހި ދެއަނބިން: ޢިބްރަތުން ފުރިފައިވާ ހާދިސާއެއް!

އެއްގެއެއްގައި ހަމަޖެހޭ ދިރިއުޅުމެއްގައި ދެއަނބިން އުޅުމަކީ ވާނެކަމެއް ނޫންކަމަށް ޤަބޫލުކުރާ މީހުންވެސް އުޅެއެވެ. އެކަމަކު މިއީ ހަޤީޤީ ޢިބްރަތުން ފުރިފައިވާ ހާދިސާއެކެވެ. އަޅުގަނޑާއި ޢަލީ (އަސްލު ނަމެއް ނޫން) ގެ ހަގު އަނބިމީހާ އާއި ދިމާވީ ނިމިދޔަ ހަފްތާގައެވެ. އެކުވެރިއެއްގެ ފަރާތުންނެވެ. ދިރިއުޅުމުގެ ވާހަކަތައް ކިޔައިދެމުން ގޮސް ކިޔައިދިނީ އެ އާއިލާގެ އެކުވެރިކަމުގެ ވާހަކައެވެ. ގިނަ އަހަރުތަކެއް ވަންދެން ޢަލީ ފުރަތަމަ އަނބިމީހާ އާއި އެކަނި ކައިވެނިކޮށްގެން އުޅުނުއިރު އެދެމަފިރިންގެ ކުދިންވެސް ވަނީ ބޮޑެތިވެފައެވެ. ދެވަނަ އަނބިމީހާ […]