ދިވެހި ވަޠަނީ ޚިދުމަތުގައި ބައިވެރިވުމަށް 900 އެއްހާ ޒުވާނުން ވަނީ ކުރިމަތިލައިފައި – ރައީސް

ދިވެހި ވަޠަނީ ޚިދުމަތުގައި ބައިވެރިވުމަށް މިހާތަނަށް ނުވަސަތޭކައާ ގާތްކުރާ ޢަދަދަކަށް، ޒުވާނުން ކުރިމަތިލާފައިވާ ކަމަށް ރައީސުލްހުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިއީ، މިފަދަ ޕްރޮގްރާމަކަށް ބެލެނިވެރިން ބޭނުންވެފައިވާ މިންވަރާއި ޒުވާނުންގެ މެދުގައި މި ޕްރޮގްރާމަށް އޮތް ތާއީދުގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހި ވަޠަނީ ޚިދުމަތަކީ ދިވެހީން ބަލައިގަންނަ، ދިވެހި ޒުވާނުންގެ މެދުގައި މަޤްބޫލު، ނަމޫނާ ހަރަކާތެއްގެ ގޮތުގައި ތަރައްޤީ ކުރެވިގެންދިއުމަށް ނުހަނު ބޭނުންފުޅުވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަރައްވައި، ޕްރޮގްރާމްގެ ބައިވެރިންނާއި ބެލެނިވެރިން، […]