ހައްސާސް މައްސަލަތައް ހައްލުކުރުމަށް ރައްޔިތުންގެ އެއްބާރުލުން މުހިންމު- ރައީސް

ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށްޓަކައި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު (ބިލު ނަންބަރު 2025/7) ތަޞްދީޤުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ހައްސާސް މައްސަލަތައް ހައްލުކުރުމަށް އެންމެހާ ރައްޔިތުންގެ އެއްބާރުލުން މުހިންމުކަމަށެވެ. މިއަދު ތަޞްދީޤުކުރެވިގެންދިޔަ ބިލުން، ރައްޔިތުންގެ އެއްބާރުލުމާއެކު، ނަތީޖާ ނެރެވޭނެކަމުގެ ޔަޤީންކަން އޮތް ކަމަށް ވިދާޅުވިއެވެ. މިފަދަ ބިލެއްގެ އަމާޒަކީ ބަޔަކު ކުށްވެރިކުރުން ނޫންކަމަށާއި، ކުށުގެ ވެށިން ރައްޔިތުން ސަލާމަތްކުރުން […]