ވާހަކަ: އޭނާ (އެކާވީސްވަނަބައި)

"ސިއްތީ، ކިހިނެއްވީ؟" އަމީނާގެ މަންމަ ސުވާލުކުރިއެވެ. "ކިހިނެއް. ނުވަނީ ކަލޭގެ ދަރިފުޅުގެ ޢަމަލުތަކާ ހެދި މުޅި ރަށުގައި ބިރުވެރިކަން އުފެދިއްޖެ. އަހަރެން ކުރިންވެސް ބުނިން އަދި މިހާރު އަޝްރަފްވެސް ތިޔަބައިމީހުންގެ ނުފޫޒުގެ ދަށަށް ވައްޓާލައިފި" ސިއްތި ވަރަށް ރުޅިއައިސްފައި ވާކަން އޭނާގެ އަޑުން ދޭހަވިއެވެ. "އެއަށްވުރެ ސިއްތިގެ އުނދަގޫ މާ ބޮޑުވެއްޖެ. ތިޔަ އުޅެނީ އަހަރެމެންގެ ފަހަތުން ނުނެއްޓިގެން" އަމީނާގެ މަންމަގެ ރުޅިވެރިކަން ކޮންޓްރޯލުން ނެއްޓުނެވެ. "އަހަރެންތަ މިއުޅެނީ؟ ކަލޭގެ ދަރިން މީހުންނަށް އަނިޔާކޮށް، އެމީހުން ނިކަމެތިކޮށް، […]