ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025: ކުންފުނިތަކުގެ ދާއިރާއިން 1 ވަނަ ސްޓެލްކޯ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ. ސޯޝަލް ސެންޓަރގައި މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ވަނީ އެކި ދާއިރާތަކުން ވަނަ ހާސިލުކުރެއްވި ފަރާތްތަކަށް އިނާމު ދެއްވާފައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން 1 ވަނަ ލިބުނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ) އަށެވެ. ސްޓެލްކޯ އިން މި އެކްސްޕޯގައި ބައިވެރިކޮށްފައިވަނީ ރިޖަނަލް ސްކާޑާ ނަމުން ނަންދެއްވިފައިވާ ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތްދޭ ރަށްތަކުގައި […]

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި 383 ފަރާތަކުން ވަނީ ބައިވެރިވެފައި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ. މިގޮތުން އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މި މައުރަޒުގައި ގިނަ ރަށްތަކަކުން ބައިވެރިވެފައި ވެއެވެ. މައުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެއާއި ބ.ތުޅާދޫ އިންނެވެ. މަޢުރަޒުގައި 3600 އަށްވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވެއެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު […]