ހަޔާތުގެ ނޫރު ނިވޭނީ ކޮންވަގުތެއްގައި ކަމެއް ނޭނގެއެވެ!

ދުނިޔެއަކީ ވަގުތީ ތަނެކެވެ. މަޚްލޫޤުން ޚަލްޤު ކުރައްވާފައިވަނީ ވަކި އަޖަލަކަށެވެ. އެއަޖަލު އައިސް ޖެހުމުން ކޮންމެ އެއްޗެއްވެސް ނެތި ފަނާ ވެގެންދާނެއެވެ. އިންސާނުންވެސް ޚަލްޤު ކުރައްވާފައިވަނީ މިފަދައިންނެވެ. ދިރިހުރުމާއި މަރުގެ ދަތުރަކީ މިދުނިޔަވީ ޙަޔާތުގައި ލައްވާފައިވާ ދެކަމެވެ. އިންސާނުންނަށް ދިރުން ދެއްވައި، އަދި އެ ދިރުން އަނބުރައި ގެންދަވަނީ އެކަލާނގެއެވެ. މަރުވުމާއި ދިރިހުރުން ޚަލްޤު ކުރައްވާފައިވަނީ އިންސާނުން އިމްތިޙާނު ކުރުމަށެވެ. އެންމެ ހެޔޮ ޢަމަލު ކުރާ އަޅުން ދެނެގަތުމަށެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ އަމަލު […]