އަނީސް: މަސައްކަތުގައި ބުރަކޮށް އުޅެނިކޮށް ކިޑްނީ ފެއިލްވެ ބަލި އެނދުގައި، އެދެނީ އެހީތެރިކަމަށް!

އައްޑޫސިޓީ ހިތަދޫ 'ސެރިނިޓީ' އަބްދުﷲ އަނީސް އަކީ 'އެމްއާރްޑީސީ' ގައި ޑްރައިވަރަކަށް ބުރަކޮށް ވަޒީފާ އަދާކުރަމުން އައި 4 ކުދިންގެ ބައްޕައެކެވެ. އުމުރުން 56 އަހަރުގެ އަނީސްގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައީ ކިޑްނީ މަސައްކަތް ނުކުރަން ފެށުމުންނެވެ.   އަނީސްގެ އަންހެނުން ޏ. ފުވައްމުލަކަށް އުފަން އާމިނަތު ނަހުޒާ ވަނީ ފިރިމީހާގެ ހާލަތު 'ޒީޓައިމްސް' އަށް ކިޔައިދީފައެވެ. އެންމެ ފުރަތަމަ ކާއެއްޗެހި ނުކެވި ހޮޑުލެވޭ ގޮތްވުމުން ޑޮކްޓަރަށް ދެއްކުމުން ދިނީ ގޭހުގެ ބޭހެވެ. އެކަމަކު އަނީސްގެ […]