ނަރުހުންނަކީ ފަރުވާގެ ހިތުގެ ވިންދެވެ!

ފުރިހަމަ ސިއްހަތަކީ ހާސް ނިއުމަތޭ ބުނެވެނީ ސަބަބެއް ނެތިއެއް ނޫނެވެ. ފުރިހަމަ ސިއްހަތެއްގައި ދިރި ދެމިހުރުމަކީ ހަމަ ކޮންމެ ފަރުދަކުވެސް އެދި އެދި ހުންނާނޭ ކަމެކެވެ. ބަލިހާލު ޖެހި އެހެންމީހުންގެ އެހީތެރިކަމަށް އިންސާނާ ހުށަ އެޅިގެން ދިއުމަކީ މީހާގެ ބަލިކަށިކަން އަމިއްލައަށް އިހްސާސް ވާނޭ ވަގުތެކެވެ. ފުރިހަމަ ފަރުވާ އާއި ފޫހިކަމެއް ނެތް އަޅާލުމާއި ލޯތްބަކީ މިފަދަ ވަގުތެއްގައި ބަލިމީހާ އެދޭނެ ކަންކަމެވެ. އެހެންކަމުން ބަލިމީހުންނަށް ފަރުވާ ދެއްވުމުގައި އެބައިމީހުންގެ މުޅި ދިރިއުޅުން ވޭތު ކުރާ އެތަކެއް […]