ލޯބިވާ މަންމާ: ތިއީ މިހިތުގެ ވިންދަކީ!

މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މަންމައިންގެ ދުވަހެވެ. ދުވަހުގެ ތަހުނިޔާ ލޮބުވެތި މަންމައިންނަށް އަރިސްކުރަމެވެ. މަންމައިން އެވާ ޤުރުބާނީގެ އަގު ވަޒަންކުރާނީ ކިހިނެއް ހެއްޔެވެ؟ ބަނޑުބޮޑުވީއްސުރެ ކުއްޖާ ދުނިޔެއަށް އުފަންވުމަށްފަހުވެސް މަންމައިން އެދައްކަނީ އާދަޔާޚިލާފު ހިތްވަރެކެވެ. ޅަފަތުގެ ދުވަސްވަރު ދުނިޔެއަށް ދަރިފުޅު އުފަންވާއިރުއްސުރެ މައިމީހާގެ ހުރިހާ ވަގުތެއް ހުސްކުރަނީ އެދަރިފުޅަށް ބޭނުންވާ ކަންތައްތައް އެންމެ ފުރިހަމައަށް ކޮށްދެވޭތޯއެވެ. ތުއްތު ދަރިފުޅު ކަމަކަށް ބޭނުންވެދާނެތީ އަބަދުވެސް ކައިރީގައި ހުންނަނީ ލޯތްބާއެކުގައެވެ. އެ ހަށިގަނޑުގައި އަޅާވޭނަށް ވަމުން އަންނަ ވަރުބަލިކަމަކަށް […]