ވާހަކަ: އޭނާ (ނަވާރަވަނަބައި)

ސަލީމް ތެދުވެ، އެދެމީހުންގެކިބައިން މަޢާފަށް އެދުނެވެ. އަދި ހިނގާލަން ދާން ހުށަހެޅިއެވެ. އޭނާ ބޭނުންވީ މިހާރު މިދެކެވޭ ވާހަކަތަކުން ދުރަށް ގޮސް، ހަމަހިމޭން މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކުރާށެވެ. އެހެންކަމުން އެމީހުން ދިޔައީ ރަށުގެ އަތިރިމައްޗަށެވެ. އިރު އޮއްސި، ރޭގަނޑުގެ އަނދިރި ވެރިވެފައި ވީނަމަވެސް، އުޑުމަތީގައި ދިއްލިފައިވާ ހަނދުގެ އަލިން މުޅި ސަރަޙައްދު އަލިވެފައި ވިއެވެ. އެތިންމީހުން ގޮސް އަތިރިމަތީގައި ހަދާފައި ހުރި ހަޓެއްގެ ދަށުގައި އިށީނެވެ. ސަލީމްގެ ހިތުގައި އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ ދޮންއާދަނުމެންގެ ގޭގައި […]