ޤިޔާމަތް ދުވަހާމެދު ބިރުވެތިވާން ހަނދާންނެތޭކަމީ އަޖައިބެއް- ހުކުރު ޚުޠުބާ

މާތްﷲ އަށް އީމާންވުމަށްފަހު އެކަލާނގެ މުސްލިމުންނަށް އެންމެ ފުރަތަމަ ވާޖިބުކުރެއްވި އަޅުކަމަކީ ނަމާދެވެ. މި އުންމަތަށް ނަމާދު ފަރުޟު ކުރެއްވުނީ ކީރިތި ނަބިއްޔާ މުހައްމަދު ﷺ އާއިގެން މިޢުރާޖު ކުރެއްވުނު ރޭ، މެދުވެރިޔަކު ނެތި ސީދާ އެކަލޭގެފާނަށް މާތް ﷲ ބަސް ވަހީކުރައްވައިގެންނެވެ. އަޅާގެ އަމަލުތަކުގެތެރެއިން ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ އެކުގައެވެ. ނަމާދު ޤާއިމުކުރުމަކީ މަރު އަމާންވާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކަށްވަޅުގެ އެކަނިވެރިކަމުންނާއި ޢަޛާބުން ސަލާމަތްވުމުގެ ސަބަބުތަކުގެ ތެރޭގައި […]