ތައިލެންޑް–މޯލްޑިވްސް ބިޒްނަސް މެޗިންގ އިވެންޓް ނިންމާލީ ކާމިޔާބާއެކު!

ތައިލެންޑް-މޯލްޑިވްސް ބިޒްނަސް މެޗިންގ އިވެންޓް ކާމިޔާބުކަމާއެކު ނިންމާލާފައިވަނީ 2025 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ހަފްތާގައެވެ. މާލެސިޓީގެ 'ޖެން' ހޮޓެލްގައި ބޭއްވި މި ހަރަކާތުގައި ތައިލެންޑްގެ 30 އަށް ވުރެ ގިނަ ކުންފުނި ބައިވެރިވިއިރު އޭގެ ތެރޭގައި މަތީ ފެންވަރުގެ އެގްޒެކެޓިވުންނާއި ވިޔަފާރިވެރިންނާއި ސަރުކާރުގެ އޮފިޝަލުންނާއި ދެ ގައުމުގެ ވިޔަފާރި މަންދޫބުން ހިމެނެ އެވެ. ތައިލެންޑްގެ 'ޗެންނާއީގެ ތައިލެންޑް ޓްރޭޑް ސެންޓަރުން' އިންތިޒާމްކުރި ތައިލެންޑްގެ މިނިސްޓްރީ އޮފް ކޮމާސްގެ ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޓްރޭޑް ޕްރޮމޯޝަންގެ […]
ފޮޓޯ: ހުޅުމާލެ އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުން

ހުޅުމާލެ އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމަށް އެމްއެންޑީއެފްއާއި ހަވާލުކޮށްގެން ފެށި މަސައްކަތް ފުރިހަމަކުރުމަށްފަހު ހެލްތް މިނިސްޓްރީއާއި މިއަދު ވަނީ ހަވާލުކޮށްފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުޢިއްޒު ޤައުމީ ޚާއްސަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާއި ހަވާލުކުރައްވައިގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. ތެލެސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ވަނީ ލޭ ހަދިޔާ ކޮށްފައެވެ.