ނޫސްވެރިންގެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުން: ރައީސް ޑރ. މުޢިއްޒު ތަފާތުދައްކަވާ ދުނިޔޭގެ ރެކޯޑަކާދިމާލަށް!

ގިނަ ދުވަސްތަކަކަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނޫސްވެރިންނާއި ބައްދަލުކުރަވާ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މެއިމަހުގެ 3 ވީ ހޮނިހިރު ދުވަހުއެވެ. މިއީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. ރައީސް ވަނީ މިދުވަހު ނޫސްވެރިން ކުރަން ބޭނުން ހުރިހާ ސުވާލަކަށް ޖަވާބު ދެއްވާނެކަމަށް ވިދާޅުވެފައެވެ. ހޮނިހިރު ދުވަހު ހެނދުނު 10 ޖެހިއިރު ރައީސް އޮފީހުގައި ފެށި ނޫސްވެރިންގެ ބައްދަލުވުން ރޭގަނޑު 12 ޖެހިއިރުވެސް ނިންމަވާ ނުލައްވައެވެ. ނަމާދު ގަޑިތަކުގައި ހުއްޓާލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވާތާ 13 ގަޑިއިރުވީއެވެ. […]