ބޭސް ނުލިބި ދަތިވީ ވިޔަފާރިވެރިން ގަސްތުގައި ބޭސް ގެނައުން ހުއްޓާލުމުން- ރައީސް

ފަހަކަށް އައިސް ސޯޝަލް މީޑިއާއިން ފެންނަމުން އައި އެއް ކަންބޮޑުވުމަކީ އާންމުކޮށް ބަލިމީހުން ބޭނުންކުރާ ބައެއް ބޭސްތައް ބޭސްފިހާރަތަކުން ހުސްވެފައިވާކަމުގެ ޝަކުވާއެވެ. މިގޮތަށް ބޭސް ނުލިބިގެން އެއްފިހާރައިން އަނެއް ފިހާރައަށް ދުވަންޖެހޭލެއް މަދެއް ނޫނެވެ. އެވަރުންވެސް ނުލިބޭ ބޭސްތައް އެންމެފަހުން ގެންނަން މިޖެހެނީ ރާއްޖެއިން ބޭރުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވަރަށް ސާފުކޮށް ބޭސް ނުލިބެން ދިމާވި ސަބަބު ވިދާޅުވެދެއްވާފައެވެ. މިގޮތުން އާސަންދައިގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުން […]
ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިން ކުރާ މަސައްކަތަށް ރައީސް ސާބަސްދެއްވައިފި!

ދުނިޔޭގެ އެކިކަންކޮޅުތަކުން ޞައްޙަ އަދި މުޢުތަބަރު ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ގަދަ ހިތްވަރާއެކު، ސާބިތު ޢަޒުމެއްގައި ނޫސްވެރިން ކުރާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ސާބަސްދެއްވައިފައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖުގައި ވަނީ، ޑިމޮކްރަސީ އާއި އިންސާނީ ކަރާމާތް ހިމާޔަތްކޮށް، ޢަދުލުއިންސާފު ނެގެހެއްޓުމުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ރައީސްގެ މެސެޖުގައި ވަނީ، މީޑިއާގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއި ޒިންމާދާރުކަން ދެމެހެއްޓުމުގެ ޢަޒުމުގައި ހުންނެވިކަމުގެ […]
ވާހަކަ: އޭނާ (އަށާރަވަނަބައި)

ދިރިއުޅުމުގެ ހިތި ދަތި އުނދަގޫ ތަޖުރިބާތަކުގެ ތެރެއިން އަޝްރަފް ވަނީ އެތައް ދުވަހެއް ހޭދަކޮށްފައެވެ. އޭނާގެ ހިތުގައި އަބަދުވެސް ވަނީ އަމީނާގެ މޫނު ކުރަހާލެވިފައެވެ. އެތައް ދުވަހެއްގެ އިންތިޒާރަކަށްފަހު މިއަދު އަޝްރަފް ވަނީ އޭނާގެ ކައިވެނީގެ ދުވަހާ ހަމައަށް އާދެވިފައެވެ. އަޝްރަފް ތައްޔާރުވަމުންދިޔައީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަހަށެވެ. އަމީނާއާ އެކު އަބަދަށް ގުޅިލާމެހިގެންދާނެ ދުވަހަށެވެ. އަޝްރަފްގެ ހިތުގައި އުފަލާއި ހަމަޖެހުމުގެ އިހުސާސްތައް ފުރިގެން ދިޔައެވެ. އޭނާ ހިނިތުންވެރިވެފައި ވެއެވެ. އަޝްރަފްގެ އާއިލާގެ މެންބަރުން އަވަސް […]