އެހެން މީހަކަށް ހެޔޮކަމެއް ލިބޭން ނޭދޭ މީހާ ހެޔޮކަމުން މަހުރޫމް ކުރައްވަތެވެ!- ހުކުރު ޚުޠުބާ

ﷲ ސުބުހާނަހޫ ވަތަޢާލާ އެކަލާނގެ ކަލާމްފުޅުގައި އަޅުތަކުންނަށް އަމުރުކުރައްވާފައިވަނީ ކިޔަމަންގަތުމާއި ހެޔޮ އަމަލުތަކުގައި ކުރިއަރައިދިއުމަށެވެ. އެއްބައިވަންތަވުމަށާއި ގުޅިގެން އުޅުމަށެވެ. ބައިބައިވުމާއި ދެބަސްވުންތައް ވަނީ ނަހީކުރައްވައިފައެވެ. މާތް ﷲގެ މަތިވެރިކަމަށާއި އެކަލާނގެ ޒާތުފުޅަށްޓަކައި އެއްބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވުމަށާއި ހެޔޮކަމާއި ތަޤްވާވެރިވުމުގައި އެހީތެރިވާ ބަޔަކަށް ވުމަށެވެ. އެންމެ ނުބައި މީހަކީ އެމީހެއްގެ ޤައުމު ޚަރާބުކޮށް އަމާންކަމާއި ސަލާމަތްކަން ނަގައިލައި މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާއެވެ. ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެއެވެ. […]