ކުޑަދަރިފުޅު މާގިނައިން ރޯތީ ކަންބޮޑުވާނަމަ ވިސްނަންވީ ކަންތައްތައް!

ކުޑަދަރިފުޅު އާދަޔާ ޚިލާފަށް ބާރަށް ރޯމަންޒަރު ބަލަން ހުރުމަކީ ހިތަށް ވަރަށް އަސަރުކުރާ ކަމެކެވެ. ޚާއްސަކޮށް އަލަށް ދަރިފުޅަކު ލިބިގެން އުޅޭއިރު މިގޮތަށް ދަރިފުޅު ރޯތަން ފެނުމުން ކޮންމެވެސް ގޯހެއް އުޅޭހެންހީވެ ކަންބޮޑުވާ ފަހަރު އާދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި އަލަށް އުފަންވާ ކުދިން، އެކުދިންގެ އުމުރުން 2 މަސް ވަންދެން މިގޮތަށް ރުއިން އެއީ އާންމުކަމެކެވެ. އެކަމަކު ވިސްނަންވީ ކަމަކީ ދަރިފުޅު ރޯނީ ކޮންމެވެސް ކަމެއް ބޭނުންވެގެންކަމެވެ. ރޯން މެދުވެރިވާ ސަބަބު ދެނެގަތުން މުހިންމެވެ. އާންމުކޮށް ކުޑަދަރިފުޅު […]