ދިވެހި ދަރިވަރުން އިސްލާމްދީނުގެ އުސޫލުތަކަށް އަމަލުކޮށް، ފަޚުރުވެރި ދިވެހިންގެގޮތުގައި ދެމިތިބުމަށް ރައީސް އިލްތިމާސްކުރައްވައިފި!

ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުން، އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހި ވަންތަކަން ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އިލްތިމާސްކުރައްވައިފައެވެ. ރައީސް މިގޮތަށް އިލްތިމާސްކުރެއްވީ، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެކި ކަންކަމުގައި، އެހެން ޤައުމުތަކުގައި ވަޒަންވެރިވެ ދިރިއުޅޭއިރު، ދީނުގެހަމަތައް ދޫކޮށްލެވޭކަމަށް ވިދާޅުވެފައެވެ. އިސްލާމްދީނުގައި އޮންނަ ހުދޫދުތަކުން ބޭރުވާ ނަމަ، ލިބޭނެ އެއްވެސް އުފަލެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ. […]

ފޮޓޯ: ރައީސް ޑރ. މުޢިއްޒުއަށް މެލޭޝިއާ ސަރުކާރުން ރަސްމީގޮތުން މަރްހަބާ ދެންނެވުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މެލޭޝިއާ ސަރުކާރުން ރަސްމީ ގޮތުން ވަނީ މަރްޙަބާ ދަންނަވައިފައެވެ. މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު މެލޭޝިއާގެ ޕުޓުރާޖާޔާގައެވެ. ރައީސުލްޖުމްހޫރިއްޔާ ޕުޓުރާޖާޔާއަށް ވަޑައިގަތުމުން މަރްޙަބާ ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. އަދި އެއަށްފަހު މެލޭޝިއާގެ އަސްކަރީން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައިވެއެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއަށް މެލޭޝިއާގެ އިއްޒަތްތެރިން […]