ޔުމްނުގެ ބޭސްފަރުވާއަށް އެންސްޕާގެ އިތުރުން އާންމުންގެ ބޮޑު އެހީއެއް!

އިމާރާތެއްގެ މަތިން ވެއްޓި ވަރަށް ބޮޑަށް އަނިޔާވެފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ބޭސްފަރުވާއަށް އެންސްޕާގެ އިތުރުން އާންމުންގެ ބޮޑު އެހީތެރިކަމެއް ލިބިއްޖެއެވެ. މި އޭޕްރީލްމަހުގެ 18 ވީ ހުކުރު ދުވަހު ހެނދުނު ވަރަށްބޮޑަށް އަނިޔާވެ އަމިއްލައަށް ތެދުނުވެވޭ ހާލަތުގައި އޮއްވާ ޔުމްނު ފެނުނީ މާލޭ ހެންވޭރު 'މިޓާޒް' ކިޔާ ގޭގެ ފުރާޅު މަތީގައި އޮއްވައެވެ. ހުކުރު ދުވަހުން ފެށިގެން ޔުމްނުއަށް ފަރުވާ ދެމުންދިޔައީ އައިޖީއެމްއެޗްގައެވެ. އެއަށްފަހު މިރޭ ދަނީ މެލޭޝިއާއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. […]

ވާހަކަ: އޭނާ (ސަތާރަވަނަބައި)

ރަށުގެ މަޑުމައިތިރި ދިރިއުޅުން ކުއްލިއަކަށް ބަދަލުވެގެން ދިޔައީ އެއްވެސް މީހަކަށް ނޭނގި އައި ބިރުވެރިކަމަކާ ހެދިއެވެ. ކުރިން ކުޑަކުދިންގެ ހިނިތުންވުމާއި އުފާވެރި އަޑުތަކުން ފުރިފައިވާ މަގުތައް މިހާރު ވަނީ ހަމަހިމޭންކަމުގެ ތެރެއަށް ވެއްޓިފައެވެ. ކުދިންގެ ކުޅިވަރާއި މަޖާ މުޅިން ހުއްޓި، ސްކޫލަށް ދިއުމަށްވެސް ބިރުގަންނަ ހިސާބަށް ކަންތައްތައް ގޮސްފައިވެއެވެ. ކޮންމެ ހެނދުނަކު ސްކޫލަށް ދާ ގަޑީގައި، ބެލެނިވެރިން ދަރިންނާއެކު ސްކޫލަށް ގޮސް، އަނެއްކާ އަންނަންދެން ސްކޫލް ކައިރީގައި މަޑުކުރާ މަންޒަރު ފެންނަން ފަށައިފިއެވެ. ކުދިންގެ މޫނުމަތީގައި ކުރިން […]