ފިރިމީހާގެ ކުއްލި ވަކިވުމާއެކު އިރަމް އަށް އަނެއްކާވެސް ބޮޑު ހިތްދަތިކަމެއް!

ޏ. ފުވައްމުލަކަށް އުފަން އައިމިނަތު އިރަމް (ކުރީގެ ނަން އައިމިނަތު އަސްރާ) އަކީ ހިތުގައި ލޯވަޅު އުފެދި ހިތާއި ފުއްޕާމޭ ބަދަލުކުރަންޖެހި އޮކްސިޖަން ފުޅިއާއެކު ނޫނީ ނުއުޅެވޭފަދަ ބަލި ހާލަތެއްގައި އުޅެމުން އަންނަ މީހެކެވެ. ގިނަ ދުވަސްތަކަކަށް އެޑްމިޓްކޮށްގެން އެކި ޤައުމުތަކުން ފަރުވާ ހޯދުމަށްފަހު މިވަގުތު ފުވައްމުލަކުގައި ދިރިއުޅެމުން އަންނަ އިރަމްގެ ކުރީގެ ދިރިއުޅުން ރޫޅި އައު ފެށުމަކުން ފެށި ކައިވެނީގައި ދިރިއުޅެމުން ދިޔައީ އުފާވެރިކަމާއެކުގައެވެ. ފުވައްމުލަކުގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަން އުޅެނިކޮށް މިއަދު ކުއްލި […]
ހެކިތަކުގެ ތެރެއިން ޅަފަތުގައި ވާހަކަދެއްކި 3 ކުޑަކުދިންގެ ވާހަކަ

މާތްﷲ ގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުން އެކަލާނގެ މުޢުޖިޒާތްތައް ދައްކަވައެވެ. އެ މުޢުޖިޒާތްތަކުން އިންސާނުން ޢިބްރަތް ލިބިގަތުމަށެވެ. އެކަލާނގެ ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަކަން ބަޔާންކޮށް ދިނުމަށާއި، އަދި އެކަލާނގެ އަށް ހުރިހައި ކަމެއްގެ އާރާއި ބާރު ލިބިވޮޑިގެންވާކަން ބަޔާންކޮށްދިނުމަށެވެ. މި އާޔަތްތަކާއި މި ހެކިތަކުން ޢިބްރަތް ލިބިގަނެ އިންސާނުން އެކަލާނގެ އެއްކައުވަންތަކަން ދެނެގަތުމަށްޓަކައެވެ. އެއީ އެއްކައުވަންތަ އިލާހުކަން ޘާބިތުކޮށް ދިނުމަށެވެ. މި ހުރިހައި ހެކިތަކަކީ އިންސާނުންގެ މިންގަޑުން ބަލާނަމަ ވަރަށް އަޖައިބުކުރަނިވި ކަންތައްތަކެވެ. ނަމަވެސް، އެކަލާނގެއަށް އެ […]
ފޮޓޯ: އެމްއޭސީއެލް މުވައްޒަފުން ތިމާވެއްޓަށް އަހުލުވެރި ކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) "ގްރީން އެއަރޕޯޓް" އިނީޝިއޭޓިވްގެ ދަށުން ކުންފުނީގެ މުވައްޒަފުން ތިމާވެއްޓަށް އަހުލުވެރި ކުރުވުމަށްޓަކައި ސިލްސިލާ އެވެއަރނަސް ޕްރޮގްރާމެއް އިއްޔެ ވަނީ ފަށައިފައެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި ގުޅިގެން ކުރިޔަށްގެންދާ މި ޕްރޮގްރާމްއަކީ އެމް.އޭ.ސީ.އެލް ގެ ސަސްޓެއިނަބިލިޓީ ލަނޑުދަނޑިތަކަށް ވާސިލްވުމުގެ އަމާޒުގައި ކުރިއަށްގެންދާ މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެކެވެ. އިންޓަނޭޝަނަލް ޑޭ އޮފް ޒީރޯ ވޭސްޓްގެ މުނާސަބަތުގައި ބޭއްވި ސެޝަން ހާއްސަކޮށްފައިވަނީ "ޕާސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް (ޕޮޕްސް) އެންޑް ހެޒަޑަރަސް […]