ހެޔޮކަމަށް އެދޭ މީހުން ޝަރުޢީ ޢިލްމު އުނގެނުމަށް ވަގުތުކޮޅެއް ހުސްކުރުން މުހިންމު- ހުކުރު ޚުޠުބާ

މާތް ﷲ އަށް އެންމެ ބޮޑަށް ބިރުވެތިވެ ތަޤްވާވެރިވާ މީހުންނަކީ ޢިލްމު އުނގެނި އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހުންނެވެ. އެމީހުން މާތް ﷲ އަށް ތަޤްވާވެރިވެއެވެ. ތަޤްވާވެރިންނަކީ އެންމެ މާތް މީހުންކަމުގައި އަންގަވައި މާތްﷲ ވަޙީކުރައްވައިފައިވެއެވެ. މާނައީ: "ހަމަކަށަވަރުން، ﷲގެ ޙަޟުރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ". ނަބީބޭކަލުން މީސްތަކުންނަށް ވާރުތަކުރެއްވީ ޢިލްމެވެ. ނަބީބޭކަލުންގެ ވާރިޘުންނަކީ ޢިލްމުވެރީންނެވެ. އުނގެނުނު ޢިލްމާ […]