ދުނިޔެ އައު އަހަރުގެ އުފަލުގައި ޣާޒާގެ ރައްޔިތުން ލޭގެ ކަރުނުގައި!

2025 ވަނަ އަހަރު ފެށުނީއެވެ. އެކި ޤައުމުތަކުން ފެންނަމުން ދަނީ އައުއަހަރު ފާހަގަކުރުމަށް ހަވާއެރުވުމާއި ޝޯތަކާއި އުފާފާޅުކުރުމުގެ ތަފާތު މަންޒަރުތަކެވެ. އެކަމަކު ވޭތުވެދިޔަ އަހަރެކޭ އެއްގޮތަށް ފަލަސްޠީނުގެ މުސްލިމް އަހުންނާއި އުޚުތުން އެވަނީ ލޭގެ ކަރުނުން ފޯވެފައެވެ. އުފާވެރިކަމެއް ނެތެވެ. ފުރާނަ ސަލާމަތްކުރުމަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ތަޢުލީމާއި ބޭސްފަރުވާއާއި ކާބޯތަކެތިފަދަ އަސާސީ ޚިދުމަތްތަކުން މަހުރޫމްވެ ފޭލިގެތަކުގައާއި މަގުމަތީގައި އެހޭދަ ކުރަނީ ހިތްދަތިކަމުގެ އިންތިހާ ވަގުތުތަކެކެވެ. ފަލަސްޠީނުގެ ޣާޒާގެ ލޮބުވެތި ރައްޔިތުން އެހާލުގައި އުޅޭތާ އެތައް […]
