ފޮޓޯ: ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 53 ބޭފުޅަކަށް ޝަރަފުގެ ބެޖު އަދި މަތީ ދަރަޖަ ހޯދި ފަރާތްތަކަށް އިނާމު ދެއްވައިފި

ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި 53 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވަނީ ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފައެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވަނީ މަތީ ދަރަޖަ ހޯދި 40 ބޭފުޅަކަށްވެސް ޚާއްސަ އިނާމު ދެއްވާފައެވެ. މިއީ މަތީ ތަޢުލީމާއި ތަމްރީނު ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދި ފަރާތްތަކެވެ.

ޖުމްހޫރީ ދުވަހަށް އަވަސް ކަޅިއެއް: ޖުމްހޫރީ ވެރިކަމުގެ މާނައަކީ ރައްޔިތުންގެ ވެރިކަން

މީލާދީން 1154 ވަނަ އަހަރު ރާއްޖެ އިސްލާމް ވުމަށް ފަހު 1968 ވަނަ އަހަރާ ހަމަޔަށް (1 ޖަނުއަރީ 1953 ން 7 މާރިޗް 1954 ށް މެދުކެނޑުމަކަށްފަހު) ރާއްޖޭގައި ވެރިކަން ކުރަމުން ދިޔައީ ރަސްކަމުގެ ނިޒާމަކަށެވެ. ތާރީޚީ ލިޔުންތަކުން އެނގޭގޮތުގައި ދިވެހިރާއްޖެ ޖުމްހޫރީ ވެރިކަމަކާ ދިމާލަށް ކުރި ދަތުރުގެ ފެށުން އައީ މީގެ 81 އަހަރުކުރިން މީލާދީން 1943 ގައެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ވުޖޫދުވީ 1 ޖެނުއަރީ 1953 ގައެވެ. މި ޖުމްހޫރިއްޔާގެ ހަމައެކަނި […]