ފިހާރަތަކުން ފެންނަހާ ކުދިގުޅައާއި ތެއްލިފަތް ފަދަ ތަކެތި ގަނެގެން ކާއިރު ސާފުތާހިރުކަމާއި މެދު ވިސްނާލިންތަ؟

ދިވެހި ރަހަތައް ކިތަންމެހާވެސް މީރެވެ. ފެނުމުން ނުގަނެ ހުރެވޭނީ މަދުފަހަރަކުއެވެ. އެކަމަކު މޮޅެތި ނަންތައް ޖަހައިގެން ކޮތަޅުތަކުގައި ބަންދުކޮށްގެން ވިއްކަންހުންނަ މިފަދަ ކޮންމެ ބާވަތަކީ ކެއުމަށް ބޭނުންކުރުމަށް އެންމެ ރަނގަޅު ބާވަތެއް ނޫނެވެ. މިކަން އެންމެ ބޮޑަށް ޔަގީންވީ މޯލްޑިވްސް އިމިގްރޭޝަން އިން ފަށައިފައިވާ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ތެރެއިން ބަލާ ފާސްކުރި ގެއަކުންނެވެ. މާލެ ސަރަހައްދުގައި ބިދޭސީން ހިންގާ ފިހާރަތަކާއި ކަންމަތީ ކެފޭތަކާއި ގާޑިއާތައް ގިނައެވެ. އައު ސަރުކާރުން ދަނީ، […]
