އިސްލާމީ އުންމަތުގެ ކުރިއެރުމަށްޓަކައި ޖޯޝާއެކު މަދަދުދޭ ބަޔެއްގެ ގޮތުގައި ދިވެހީން އަބަދުވެސް ދެމިތިބޭނަން- ރައީސުލްޖުމްހޫރިއްޔާ

ހިޖްރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. ހިޖްރީ އައު އަހަރު އަޅުގަނޑުމެންނަށް ހަނދާން އައުކޮށްދެނީ ކީރިތި ރަސޫލާ صلى الله عليه وسلم ޙަޔާތްޕުޅުގައި އެކަލޭގެފާނު ނިންމެވި އެންމެ ޙައްސާސް އެއް ނިންމެވުމެވެ. ހިޖުރައިގެ ދަތުރުފުޅުގެ މަތީގައި ކީރިތި ރަސޫލާ صلى الله عليه وسلم ކަންކަން ކުރެއްވި ގޮތާ، މަދީނާއަށް ވަޑައިގެން އިސްލާމީ ދައުލަތެއް ޤާއިމުކުރުމަށް އެޅުއްވި ފިޔަވަޅުތަކާ، މައްކާ ފަތަޙަކުރެއްވުމުގެ ބޮޑު ކާމިޔާބީ އޭގެ […]
