ނުރަނގަޅުކަންތަކުގެ ވާހަކައާއި އެއްވަރަށް ކުރެވޭ ރަނގަޅު ކަންކަންވެސް ބަލައިގަނެ އެވާހަކަ ދައްކަންޖެހޭ!

ބާރުއަޑެއް އިވިގެން ބަލާލިއިރު ނިރޮޅުމަގުން ދުއްވާފައިދިޔަ ސައިކަލެއް ގޯޅިއަކުން ނުކުތް ވޭނެއްގައިޖެހި އެކްސިޑެންޓްވީއެވެ. ބޯންއިން ކޮފީތަށި ދޫކޮށްލުމަށްފަހު އަވަސްވެގަތީ ވީގޮތެއް ބެލުމަށެވެ. އެތަނަށްދިޔައިރު މީހުން އެއްވެފައިއޮތެވެ. ގިނަމީހުން ތިބީ ފޯނުން ވީޑިއޯކުރުމާއި ފޮޓޯ ނެގުމުގައެވެ. ފެނުނީ ޒުވާނަކު ސީން ކޮންޓްރޯލްކުރި މަންޒަވެ. އެކްސިޑެންޓްވެ އަނިޔާ ލިބިފައިވާ 2 މީހުން ފެނުމުން  އެމްބިއުލާންސް އަށް ގުޅަން މަސައްކަތް ކުރަނިކޮށް އެހެން މީހަކު ގުޅިކަން އެނގުނެވެ. ސީން ކޮންޓްރޯލްކޮށް އެތަނުން މީހުން ދުރަށްޖައްސަމުންދިޔަ މީހާއަށް އެހީތެރިވުމުގައި އިތުރު ބަޔަކުވެސް ބައިވެރިވިތަން […]