އިޝީގެ ކޭކު އެޅުމުގެ ޖާދޫ

ކުޑައިރުގެ ހަނދާންތަކަށް ޖެހިލާއިރު އަބަދުވެސް ހަނދާނުގައި ހުންނަނީ މަންމައާއެކު، ބަދިގެތެރޭ ތައްޓެއް ހިފައިގެން ފުށް މޮޑެން އިންނަ ހަނދާނެވެ. މަންމަ ކޭކު އަޅާތަން އަބަދުވެސް ފެނި އެކަމަށް ލޯބި ޖެހުނީ އުމުރުގެ ކިހާ ހިސާބަކުންކަން ބުނަން ނޭނގޭހާ އޭރު އުމުރުން ހަގެވެ. އެހަނދާންތަކަށްފަހު، މީގެ 6 އަހަރު ކުރިން އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތެއް ކުރުމުގެ ވިސްނުމުގައި ކޭކު އެޅުމުގެ މަސައްކަތުގެ ތެރެއަށް ވަނީ އަމިއްލަ ފައިމައްޗަށް ތެދުވެ އެކަމުން މަންފާއަށް ހޯދުމުގެ ބޭނުމުގައެވެ. މިހާރު އުމުރުން […]