ބަދަލުހިފެން އޮތް ދަނޑިވަޅުވެސް ފަލަސްޠީނުން ދެއްކީ އިސްލާމްދީނުގެ ރިވެތި ނަމޫނާ!

އެއީ ވަރަށްވެސް ތުއްތު ދެކުދިން ގަޔާލާ ބައްދާލައިގެން ހުރި މަންމައެކެވެ. ލަފާކުރެވޭ ގޮތުން އެއީ 2 އަހަރުގެ ތުއްތު ފިރިހެން ކުއްޖަކާއި 5 ވަރަކަށް މަހުގެ ތުއްތު ކުއްޖެކެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދަނީ ބިރުވެރިކަން ވެރިވެފައިވާ އެ މާހައުލުދެކެ ގަނެފައިވާ ބިރެވެ. އެ ދެލޮލުން ފެންނަމުން ދަނީ  އެތަނުގައި ތިބި ސިފައިންނާއި އާންމުން އޭނާއާއި އޭނާގެ ތުއްތު ދަރިފުޅު މަރާލާނެކަމުގެ ޔަޤީންކަމެވެ. މިއީ އެ ތިން މައިން ދުނިޔެއަށްލާނެ އެންމެ ފަހު ނޭވާކަމުގެ އިހްސާސެވެ. ތަނަކީ […]