މައުލޫމާތު: ދުނިޔޭގައި ހުރި އެންމެ ބޮޑު ގަސް

ޖެނެރަލް ޝެރމަންގެ ނަމުން މަޝްހޫރުވެފައިވާ މި ގަސް ހުންނަނީ ޖަޔަންޓް ފޮރެސްޓްގެ 'ސެކިއުއާ ނެޝަނަލް' ޕާކުގައެވެ. 300 ވަރަކަށް ފޫޓު އުސްމިނުގައި ހުންނަ މިގަހަކީ ދުނިޔޭގައި ހުރި އެންމެ ބޮޑު ގަހުގެ ގޮތުގައި ލިޔުންތަކުގައި ފާހަގަކޮށްފައިވެއެވެ. މި ގަހުގެ ކޮންމެ ގޮފިގަނޑަކީވެސް އެހާމެ ދިގު ވަކިވަކި ގަސްތަކަށްވުރެ މާބޮޑު ގޮފިތަކެކެވެ. ނެޝަނަލް ޕާކް ސަރވިސް ވެބްސައިޓްގައި ފާހަގަކޮށްފައިވާގޮތުގައި މިގަހަށް ލަފާކުރެވޭގޮތުގައި 2200 އަހަރު ވެދާނެއެވެ. 1903 ވަނަ އަހަރު ބަފަލޯ ސިފައިން ވަނީ މި ޕާކު ހިމާޔަތްކޮށްފައެވެ. […]