އިހްތިރާމް ނުކުރުމުގެ އިޖްތިމާއީ ވަބާއެއް ވަނީ މުޖުތަމައުގައި ފެތުރިފަ- ހުކުރު ޚުތުބާ

އަހަރެމެންގެ މުޖުތަމައުގައި އިޙްތިރާމް ނުކުރުމުގެ އިޖްތިމާޢީ ވަބާ މިއަދު މިވަނީ ފެތުރިފައެވެ. ދަރީން މައިންބަފައިންނަށް، މައިންބަފައިން ދަރީންނަށް، އަވަށްޓެރީން އަވަށްޓެރީންނަށް، ދަރިވަރުން އުސްތާޛުންނަށް، އުސްތާޛުން ދަރިވަރުންނަށް، މުވައްޒަފުން ވެރީންނަށް، ވެރީން މުވައްޒަފުންނަށް އިޙްތިރާމު ކުރުން ވަނީ ހިތާމަކުރަން ޖެހޭފަދަ މިންވަރަކަށް ކުޑަވެފައެވެ. އަހަރެމެންގެ ނަބިއްޔާ ﷺ އަކީ މަތިވެރި އަޚްލާޤުގެ ނަބިއްޔާއެވެ. މުޅި އިސްލާމީ ރިސާލަތު ބިނާވެފައިވަނީ އަޚްލާޤުގެ މައްޗަށެވެ. އިޚްތިރާމު ކުރުމަކީ މި ދީނުގެ މަތިވެރި އަޚްލާޤުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ […]
