މުދަލަކީ މާތް ﷲ ގެ މަގުން އަހުރެމެން އެއްކިބާކުރާ އެއްޗެއްކަމުގައި ނުހަދާށެވެ!

ދުނިޔޭގެ ޒީނަތްތެރިކަމަކީ، މީހާ އޭނާގެ ވެރި ރަސްކަލާނގެ މަތިން ހަނދުމަ ކުރުމުން އެއްކިބާކުރާ އެއްޗެކެވެ. ދުނިޔެއަކީ ނުހަނު ކެހިވެރި ތަނަކަށް ވީހިނދު، ދުނިޔޭގެ އެދުންތަކާމެދު ވިސްނުމެއް ނުބަހައްޓައި އުޅެން ފަށައިފިނަމަ އެންމެފަހުން ތިމާ އެ ކެހިވެރިކަމުގައި ޖެހޭނެއެވެ. މާތް ﷲ އިންސާނާ އަށް ދުނިޔަވީ ހަޔާތް ދެއްވާފައިވަނީ އޭނާގެ އުޚްރަވީ ހަޔާތަށްޓަކައި ގޮވާންކުރާ ދަނޑުބިމެއްގެ ގޮތުގައެވެ. އެ ބިމުގައި އޭނާ ރަނގަޅު ގޮވާމެއް ނުކޮށްފިނަމަ އޭނާ އޭނާގެ ވެރި ރަސްކަލާނގެ ހަޟްރަތަށް ދާނީ ހުސްއަތާއެވެ. ބުއްދިވެރިޔަކީ އަބަދާއި […]

ޒީޓައިމްސް ބަދިގެ: ރަހަމީރު މާރީބިސްކޯދު ޕުޑިންގ

ބޭނުންވާތަކެތި: 200ގ މާރީބިސްކޯދު 6 ބިސް 1 ލިޓަރ ފުލްކްރީމް މިލްކް 3 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް ½ 1 ޖޯޑު ހަކުރު ½ ޖޯޑު ފެން ތައްޔާރުކުރާނެ ގޮތް: މާރީބިސްކޯދު، ބިސް، ފުލްކްރީމް މިލްކް، އެސެންސް، ހަކުރު މިބާވަތްތައް މިކްސަރަށް އެޅުމަށްފަހު ރަނގަޅަށް ހިމުންވަންދެން ގިރާލާށެވެ. އުނދުން ރޯކުރުމަށްފަހު ތަވާ އުދާށެވެ. ހޫނުވުމުން ތަވާއަށް 4 ސަމުސާ ހަކުރު އެޅުމަށްފަހު، ހަކުރު ރަނގަޅަށް ރަތްވެ ދިޔާވުމުން އޭގެތެރެއަށް ފެން އަޅާފާ އިރުކޮޅެއްވަންދެން ކައްކާށެވެ. ކެރަމަލްކުރި […]