ތާރީޚް: މަކުނުދޫ ކުޑަ މިސްކިތް

ހދ. މަކުނުދޫ ގައި ހުރި ކުޑަ މިސްކިތަކީ މި ރަށުގައި ހުރި އެންމެ ދުވަސްވީ ބިނާއެވެ. ދިވެހިރާއްޖޭގެ އާސާރީ ތަރިކައިގެ ވަގުތީ ދަފްތަރުގައި ފާހަގަކޮށްފައިވާ ގޮތުން މި މިސްކިތް ބިނާކޮށްފައިވަނީ 26 މާރިޗް 1940 ގައެވެ. ވެލިގަލުން ހަދާފައިވާ މިމިސްކިތުގައި އުވަޖަހައި އެތެރޭގައި ހުނިލައިފަ ހުރިއިރު މަތިވަޑާންގަނޑު ހަދާފައިވަނީ ހައިވަކަރު ލަކުޑިން ލާފެންނުކޮށެވެ. ފުރާޅުގައި ހުރީ އީޓު ޖަހާފައެވެ. މި މިސްކިތުގެ ދިގުމިނަކީ 34 ފޫޓު 5 އިންޗިއެވެ. ފުޅާމިނަކީ 16 ފޫޓު 10 އިންޗިއެވެ. މިސްކިތް […]