އާއަހަރެއް ފެށުނުއިރު ކުރަން ވިސްނަނީ ކޮންކަމެއް؟

އުމުރުން ފާއިތުވެގެންދާ ކޮންމެ ދުވަހަކީވެސް ވަރަށް މުހިންމު ދުވަހެކެވެ. އެދުވަސްތަކުގައި ކުރަން ރާވާފައި ހުންނަ ކަންތައްތައް ހާސިލުނުވެއްޖެނަމަ އެކަމާ ވިސްނެއެވެ. އަދި ތިމާގެ އަމިއްލަ ރޭވުންތެރިކަމާ އެއްގޮތަށް ކަންތައްތައް ހާސިލުވެއްޖެނަމަ އެލިބޭ ހިތްހަމަޖެހުން ބޮޑެވެ. 2023 ވަނަ އަހަރު މި ފެށުނީއެވެ. މިއަހަރުގައި ކުރަން ބޭނުންވާ ކަންތައްތަކާއިމެދު ވިސްނާލިން ހެއްޔެވެ؟ ނުވިސްނާނަމަ އަވަހަށް ވިސްނުން މުހިންމެވެ. ކާމިޔާބާއި ހަމައަށް ވާސިލުވެވޭނީ އެކާމިޔާބު ހޯދުމަށް މަސައްކަތް ކޮށްގެންނެވެ. އެމަސައްކަތް ކުރެވޭނީ ތިމާގެ ސިކުނޑީގައި އެމަސައްކަތް ކުރާނެ ގޮތެއް ރާވާލެވިގެންނެވެ. […]

ބާމިޔާތޮޅި: އަޖައިބުކުރުވަނިވި ފައިދާ ލިބިދޭ

ލޭޑީސްފިންގަރ ނުވަތަ ބާމިޔާތޮޅިއޭ ބުނުމުން އާނަމަކަށް ނުވާނެކަން ޔަގީނެވެ. ބައެއް މީހުން ބާމިޔާތޮޅި ކާން ފޫހިވެއެވެ. ސަބަބަކަށްވެފައިވަނީ ދަވަ ގިނަވުމުންނެވެ. މިތަރުކާރީ އަކީ ކާން ވަރަށް ފައިދާހުރި އެއްޗެކެވެ. އަދި މީރުކޮށް ކައްކައިގެން ރޮށި ނުވަތަ ބަތާއިއެކު ކާލަންވެސް ވަރަށް މީރު ވާނެއެވެ. ބާމިޔާތޮޅި ކައްކާއިރު ދޮވެލުމަށްފަހު ރަނގަޅަށް ހިއްކައިގެން ބޭނުންކުރާނަމަ މީގައި ހުންނަ ދަވަކަން ކުޑަވާނެއެވެ. އަދި މީގެ އިތުރުން ކައްކާއިރު ލުނބޯކޮޅެއް ޖަހާލައިގެން ކައްކާލާށެވެ. ބާމިޔާތޮޅިން ލިބޭ ފައިދާތައް ނުހަނު ގިނައެވެ.  ބަރުދަން ލުއިކުރުމަށް […]