ޑރ.ޝިފާންގެ ލިޔުއްވުމެއް: އުރަމަތީގަ ރިއްސުމާއި ކެންސަރ

މިއީ ވަރަށް އާންމު އަލާމާތެއް! ދިރާސާތަކުން ދައްކާގޮތުގައި އުރަމަތީގެ ބައްޔަކަށް ޑޮކްޓަރަށް ދައްކާ މީހުންގެ 45-75 އިންސައްތަ މީހުން ޑޮކްޓަރަށް ދައްކަން އަންނަނީ އުރަމަތީގަ ރިއްސާތީ އެވެ. އެހެންކަމުން، އުރަމަތީގެ ބަލިތަކުގެ އަލާމާތްތަކުގެ ތެރެއިން އެންމެ އާންމު އަލާމާތަކީވެސް މިއީއެވެ. މިފަދައިން ރިއްސާ ރިއްސުމަކީ ގިނަފަހަރު މާބޮޑު ސަމާލުކަމެއް ބޭނުންވާފަދަ ކަމެއް ނޫނެވެ. ނަމަވެސް ބައެއްފަހަރު ރިއްސުން ބޮޑުވެ އާންމުކޮށް ކުރަމުންދާ ހަރަކާތްތަކަށް ހުރަސް އެޅެއެވެ. (މިސާލަކަށް އަމިއްލައަށް ހެދުން ބަދަލުކޮށް އުޅުމާ، ނިދީގައި އެއްފަރާތަށް ޖެހުންފަދަ […]
