ޔޫރިން އިންފެކްޝަން އަށް ސަމާލުވެ އެނގުން މުހިންމު މައުލޫމާތު!

ކުޑަކަމުދާން އުދަގޫވުމަކީ ކުޑަކަމެއް ކަމުގައި ދެކޭ މީހުން މަދެއްނޫނެވެ. ކުޑަކަމުދާން އުދަގޫވެޔޭ ބުނުމުން އެއީ ވަރަށް އާދައިގެ ކަމެއް ކަމުގައި ދެކިގެން ފަރުވާނުކޮށް ފަރުވާ ކުޑަކޮށްލައިގެން ތިބޭ މީހުންވެސް އުޅެއެވެ. ޔޫރިން އިންފެކްޝަން އުފެދިދާނެ ތަފާތު ކަންތައްތައް ހުރެއެވެ. އޭގެތެރޭގައި 'ލޯވަރ ޓްރެކް'ގެ އިންފެކްޝަން އުފެދިފައިވާނަމަ ފެންނަ އަލާމާތްތަކަކީ: ކުޑަކަމުދާއިރު ވަރަށް ގަދައަށް ދިލަނެގުން ކުޑަކަމުދާއިރު ލޭއައުން އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން ކުޑަކަމުދިއުމަށްފަހު ބްލެޑާ އެއްކޮށް ހުސްނުވުން ދަށްބަނޑުގައި ވަރަށް ގަދައަށް ރިއްސުން ކުޑަކަމުދާއިރު އާދަޔާޚިލާފު […]

ތާރީޚް: ހިރިލަންދޫ ކުރީގެ ހުކުރު މިސްކިތް

ތ. ހިރިލަންދޫ މަސްޖިދުލް ޙުސައިނީ ނުވަތަ ކުރީގެ ހުކުރު މިސްކިތުގެ އިމާރާތުގެ އެތެރެބައި ހަދައިފައިވަނީ ހިރިގަލުންނެވެ. އެބައި ހިޔާކޮށްފައިވަނީ ހައިވަކަރުން ގެއުގަނޑު ހަދައި އީޓުންނެވެ. މިމިސްކިތް މަރާމާތުކުރިއިރު އީޓުތައް ނެގުމަށްފަހު ވަނީ ސިމެންތި ޓިނު ޖަހާފައެވެ. މިބައިގެ ބޮޑުމިނަކީ 23 ފޫޓު 10 އިންޗި އަދި 13 ފޫޓެވެ. ހިރިގަލުން ހަދައިފައިވާ ބައިގެ ވަށައިގެން 1943 ވަނަ އަހަރުގަ ފެންޑާއެއް ހަދާފައިވެއެވެ. ފާރުތައް އެއިރު ހުރީ އުވައިން ރޭނުމަށްފަހު އުވަޖަހާފައެވެ. ފަހުން މަރާމާތުކުރިއިރު ވަނީ އުވަތައް ކޮށައި […]