ތިމާކުޅަ އަމަލު ތިމާދެކޭ ދުވަސް

އާޚިރަތް ދުވަހަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އާޚިރަތް ދުވަހަށް އީމާންވުމަކީ އެދުވަސް އަންނާނެކަމާއި، ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗެއް ފަނާވާނޭކަމާއި، ފުރާނަހުރި ކޮންމެ އެއްޗެއްގެ މަރު ހިއްޕަވާނޭކަމާއި، އެއަށްފަހު ފުރާނަ އަޅުއްވައި، މަހްޝަރަށް ފޮނުއްވައި، ޢަދުލަށް ހިސާބު ބައްލަވައި، ހައްގަށް ނިޔާކުރައްވާނޭކަމާއި، އަނިޔާވެރިންގެ ކިބައިން އަނިޔާ ލިބުނު މީހުންނަށް (ޙައްޤުތައް) ހިއްޕަވައިދެއްވައި، ކިޔަމަންގަތް އަޅުންނަށް ސުވަރުގޭގެ ނިޢުމަތް ދެއްވައި، ކިޔަމަން ނުގަތް އަޅުންނަށް ނަރަކައިގެ އަޛާބު ދެއްވާނޭކަމާއި، ހެޔޮކަންތަކާއި ނުބައިކަންތައް މިޒާނުން ބައްލަވާނޭ ކަމާއި، […]
