އޯލެވެލް އަށް ދަރިވަރުން ތައްޔާރުކޮށްދޭ މުދައްރިސުންނަށް ސެލިއުޓް!

މޭ މަހުގެ 4 ވަނަ ދުވަހު ފެށި އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނަށް ގްރޭޑް 10 އެއްގެ ދަރިވަރުން ތައްޔާރުކުރުމުގައި އަވަދިނެތި މަސައްކަތްކުރާ މުދަރިސުންނަށް އައްސަރިބަހާއި ސާބަހެވެ. މިއަދުވެސް ދަރިވަރުން ސުކޫލަށް ހާޒިރުކޮށްގެން އިތުރު ގަޑި ނަގައިދީ ޖެހިގެން އޮތް އިމްތިހާނަށް ކުދިން ތައްޔާރުކޮށްފިއެވެ. މައިންބަފައިންނަށް ވުރެ ގާތުން ކުދިންގެ ކިޔެވުމުގެ ކަންކަން ބަލާ މުދައްރިސުންވެސް އެބައުޅެއެވެ. އިތުރު އެހީ ބޭނުންވަނީ ކޮން ކުދިންނެއްތޯ ދެނެގަނެ އެ ކުދިންނަށް ވަކިވަކިން ގުޅައިގެންވެސް ސުކޫލަށް ގެންދެއެވެ. […]

ތިބާއަށް އެންމެ ޚާއްސައީ ކޮން މަލެއް؟

މާމެލާމެލީގެ ވާހަކަ އަޑުއިވުމުން ހިތަށް އެގެނެސްދޭ ހިތްހަމަޖެހުމާއި އުފަލަކީ ވަރަށް ތަފާތު އިހްސާސްއެއް ކުރުވާ ކަމެކެވެ. އޭގައި އެހުންނަ ޖާދުވީ ކަމާއި ޤުދުރަތްތެރި ކަމުގެ ރީތި ވާހަކައަކީ ދައްކާ ހުސްނުވާނެ ވާހަކައެކެވެ. ބައެއް މާތަކަކީ ހިތުގެ އެންމެ ހިމަ ނާރުތަކާއި ހަމައަށް އަސަރުކުރުވާ މަލެވެ.  މާމެލާމެލިން ސިކުނޑިއަށް ފިނިކަން ގެނެސްދެއެވެ. ބައެއް ސޫފާސޫފީގެ ހިޔާވައްސަކަށްވެއެވެ. މަލުގެ އޮށުން އަހަރެމެން ކާނެ މޭވާ އުފައްދައިދެއެވެ. މާމެލާމެލިން މީހާގެ މޫޑަށް އެތައް ބަދަލުތަކެއް ގެނެސްދިނުމުގައި އެކުޅެދޭ ރޯލުވެސް ވަކި ކުޑައެއްނޫނެވެ. […]