ރަސޫލާ ﷺ ގެ ސީރާ: އެކަލޭގެފާނަށް ދެއްވާފައިވާ ޚާއްސަ ކަންތައްތައް

ޢިލްމުވެރިން ވިދާޅުވާގޮތުގައި އެހެން އެއްވެސް އަޅަކަށް ނުދެއްވާ ޚާއްޞަ ފަންސާސް ކަމެއް ﷲ، ރަސޫލުﷲ ﷺ އަށް ދެއްވާފައިވެއެވެ. ތިރީގައިވަނީ އެއިގެތެރެއިން ބައެއް ކަންކަމެވެ. އެކަލޭގެފާނު އެންމެފަހުގެ ނަބިއްޔާކަމުގައި ލެއްވުން. އާދަމް ޢަލައިހިސަލާމް ޚަލްޤުކުރެއްވުމުގެކުރިން ރަސޫލުﷲ ﷺ ފޮނުއްވަން ﷲ މިންވަރުކުރެއްވުން. ރަސޫލުﷲ ޙަދީޘް ކުރައްވާފައިވާގޮތުގައި އާދަމްގެފާނު މަށިން ހައްދަވައި ފުރާނަ އެޅުއްވުމުގެ ކުރިން އެކަލޭގެފާނު މިދުނިޔެއަށް ފޮނުއްވުމަށް ﷲ އިރާދަކުރެއްވިއެވެ. މުޅި އިންސާނިއްޔަތަށް ފޮނުއްވި ރަސޫލަކަށް އެކަލޭގެފާނުވުން. އެހެން ކޮންމެ ނަބިއްޔަކު ފޮނުއްވީ އެނަބިއްޔެއްގެ ޤައުމަށެވެ. […]
ރޯދަމަސް: އޮށްވަޅުގޮނޑިއާ ފަސްއޮށް ކުޅުނު ޒަމާން ހަނދާންވޭތަ؟

ރޯދަމަސް ފެށުނީއެވެ. ގުރޫޕުހަދާފައި މާހަފަން ދިޔަ ގުރޫޕުތައް ދެންދާނީ ރޯދަވީއްލުންތަކަށެވެ. ފަހަކަށް އައިސް ކޮންމެ ރޯދަމަހެއްގައިވެސް މި ފޯރި ވަރަށް ގަދައެވެ. އެކި ރެސްޓޯރެންޓަތަކުގެ ބުކިންތައް އެހާއަވަހަށް ފުރެމުންދެއެވެ. ރޯދަވީއްލަން 'އިފްތާރު މެނޫ ' ބަލައިގެން ރެސްޓޯރެންޓްތަކަށް ދާން ފެށި ދިވެހިން މީގެ އެތައް އަހަރެއް ކުރިން ރޯދަމަސް ހޭދަކުރީ މުޅިން ތަފާތު ގޮތަކަށެވެ. ރޯދައަށް ތައްޔާރުވުމަށް މަގަށް ރީތި ދޮންވެލި ލައެވެ. ގޭތެރޭގެ ފެންޑާގެ ބޭރާއި އުނދޯލިގެއާއި ބަދިގެ ދޮރު މައްޗަށްވެސް ދޮންވެލި ލައެވެ. އެ […]
