ނިޢުމާތު: ގައުމީ ޚިދުމަތާއި އިޖުތިމާއީ ޚިދުމަތުގައި ނަމޫނާއެއް

"ސްކޫލު ނިމުނުއިރު ހިތަކު ނެތް ކުރިއަށްދާނެ ދާއިރާއެއް. އޭރު ބޭނުންވީ މީހަކާ އިނދެގެން 5 ކުދިން ހޯދަން. އަދި އިޖުތިމާއީ މަސައްކަތެއްކުރަން. ރާއްޖޭގައި އިޖުތިމާއީ މަސައްކަތްތަކެއް ނޯވޭތާ އެއިރު. 11 އަހަރުން ފެށިގެން ގާލްގައިޑްގައި އުޅުނީ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރީ ރާއްޖޭގައި އެ ކުރެވެނީ އިޖުތިމާއީ މަސައްކަތެކޭ" މިއީ ރާއްޖޭގައި ޒިންމާދާރު އިސްމަގާމުތަކެއް ފުރުއްވާފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ކަނބަލެއްކަމުގައިވާ ނިޢުމާތު ޝަފީގު އެންމެ ފުރަތަމަ ވިސްނެވި ގޮތެވެ. ކުޑަކުދިންނާއި ގުޅުންހުރި ދާއިރާތަކުގައި މަސައްކަތް ކުރެއްވުމުގެ […]