ހިތުގައި ޙަސަދަވެރިކަމެއް ނުބޭއްވުމުގެ ސަބަބުން ސުވަރުގެ ވަދެވުނު ޞަޙާބީ

އެއްދުވަހަކު ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުގައި ޞަޙާބީން ތިއްބަވަނިކޮށް ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ”މިހާރު މިތަނަށް އެއަންނަނީ ސުވަރުގެ ވަންތަވެރިއެކެވެ.“ އެހިނދު އެތަނަށް އައީ އަންޞާރިއްޔަ ޞަޙާބީއެކެވެ. އޭނާ ވަދެގެން އައިރުގަވެސް ހުރީ (ތުނބުޅިފުޅުން) ވުޟޫކުރުމުގެ އަސަރު މުޅިން ނުފިލައެވެ. ދެވަނަ ދުވަހުވެސް ހަމަ އެގޮތަށް ޙަދީޘް ކުރެއްވިއެވެ. މިހެން ޙަދީޘް ކުރެއްވިތާ އިރުކޮޅެއްނުވެ އެ ދުވަހުވެސް ވަދެގެން އައީ ކުރީ ދުވަހު ވަދެގެން އައި ޞަޙާބީއެވެ. ތިންވަނަ […]
