ކުޑަކުޑަ ހުނަރުވެރި އާއިޒް ކޮމިކް ލިޔުމާއިގެން ކުރިއަށް!

އާއިޒް އަލީ އަޒްވަރަކީ އުމުރުން 8 އަހަރުގެ ކުއްޖެކެވެ. އުމުރުން 6 އަހަރުން ފެށިގެން އާއިޒް ދަނީ އަމިއްލައަށް 'ކޮމިކް' ލިޔަމުންނެވެ. އައްޑޫ ސިޓީ ފޭދޫ އަށް ނިސްބަތްވާ އާއިޒް މައިންބަފައިންނާއި އެކު ކުރިން ދިރިއުޅުނީ ނިއުޒިލެންޑުގަ އެވެ. މާލެ ބަދަލުވީ، އާއިޒްގެ ބައްޕަ ޕީއެޗްޑީ ފުރިހަމަ ކުރެއްވުމުންނެވެ. " ނިއުޒިލެންޑުގައި އުޅުނުއިރު ލައިބްރަރީ އަށް ވަރަށްގިނައިން ދަން. އެތަނުން 'ކޮމިކް ބުކްސް' ފެނިގެން އެފޮތްތައް ކިޔަންފެށީ. ދެން އަމިއްލައަށް ލިޔަންފެށީ ކޮމިކް. ވަރަށްގިނަ ކޮމިކްސް ލިޔެވިއްޖެ." […]

ފައިދާހުރި މީރު ކެއުމެއް ތައްޔާރު ކޮށްލަމާ!

ބީޓްރޫޓް ރައިސް ތައްޔާރު ކުރުމަށް ބޭނުންވާތަކެތި 1 ޖޯޑު ބާސްމަތީ ރައިސް 1 ޖޯޑު ދިގުކޮށް ހިމުންކޮށް ކޮށާފައިހުރި ބީޓްރޫޓް ½ ފިޔާ 3 ލޮނުމެދު ½ ޗިކަން ކިއުބް 5 ހިކަދިފަތް (ކުދިކޮށް ކޮށާފައި) އަސޭމިރުސް (ރަހަލާވަރަށް) ލޮނު ރާޅުމިރުސް ތައްޔާރުކުރާނެ ގޮތް: ތަވާއަށް ތެޔޮފޮދެއް އެޅުމަށްފަހު ތެޔޮ ހޫނުވުމުން ފިޔާ އަދި ލޮނުމެދު އަޅާށެވެ. އެއަށްފަހު ޗިކަން ކިއުބް، އަސޭމިރުސް، ލޮނު، އަދި ރާޅު މިރުހާއި ބީޓްރޫޓް އެޅުމަށްފަހު 10 މިނިޓްވަންދެން މަތިޖެހުމަށްފަހު ކައްކާށެވެ. […]