ގާޒާގެ ޑޮކްޓަރުންގެ ހިތްދަތި ތަޖުރިބާ!

އަލް ޝިފާ ހޮސްޕިޓަލުގައި މަސައްކަތްކުރަމުން އަންނަ ޑޮކްޓަރުން އަލްޖަޒީރާއާއި ހިއްސާކޮށްފައިވާ ހިތްދަތި ވާހަކަތަކަށް ބަލާއިރު، ދެން ހޮސްޕިޓަލަށް ގެނެސް ވައްދާނީ އަމިއްލަ އާއިލާގެ މެންބަރެއް ނޫންކަންވެސް ނޭނގޭ ހާލުގައި ޑޮކްޓަރުން ދަނީ މީހުންގެ ފުރާނަ ސަލާމާތްކުރުމުގައި ހަރަކާތްތެރިވަމުންނެވެ. ގާޒާއަށް އިސްރާއިލްއިން ދެމުންގެންދާ ބޮމުގެ ހަމަލާތަކުގައި ފާއިތުވި މެއި މަހުގައި ވަނީ ވަރަށް ސީނިއަރ ދެ ޑޮކްޓަރުން ނިޔާވެފައެވެ. އެއީ އަލް ޝިފާ ހޮސްޕިޓަލުގައި މަސައްކަތްކުރަމުން އައި ޑރ.އައިމަން އަބޫ އަލް އައުފް އަދި ޑރ.މޫމިން އަޙްމަދު އަލްއައުލްއެވެ. […]