މިޝްކާ: ރާޒުވާ އިން ރަން މެޑަލް ހޯދުމަށްފަހު ކޯޑިންގެ ހުނަރު ދަސްކުރުމުގައި

މަރްޔަމް މިޝްކާ މިގްދާދު އަކީ 'ސައުތް އޭޝިއަން އޮންލައިން ޗެސް ފެސްޓިވަލް' އިން ރަން މެޑަލް ހޯދައިފައިވާ އުމުރުން 13 އަހަރުގެ ކުއްޖެކެވެ. ޢިޔާސުއްދީން ސްކޫލުގައި ކިޔަވަމުން އަންނަ މިޝްކާ، ރާޒުވާ ކުޅެން ފެށީ އުމުރުން އެންމެ 8 އަހަރުން ފެށިގެންނެވެ. މިހާތަނަށް ވަނީ ތަފާތު އެކި މުބާރާތްތަކުގައި ވާދަކޮށް ވަނަތައް ހޯދާފައެވެ. 'ޒީޓައިމްސް' އަށް އިންޓަވިއު ދެމުން މިޝްކާ ބުނެފައިވަނީ އެންމެކުރާހިތްވާ ކަމަކީ ފޮތް ކިޔުން ކަމަށެވެ. " ލިޔުމާއި ޕަޒްލްސް ސޯލްވް ކުރުމަކީ ވެސް […]

މުހައްމަދު ތަކުރުފާނު ރެހެންދި ގޮއްޔެ ގޮވައިގެން ވަޑައިގެންނެވި މަގު

ހއ.ބާރަށު ހުކުރު މިސްކިތުގެ ދެކުނު ފަރާތުން އިރުމަތީ ފަރާތު އަތިރިމައްޗަށް (ފުއްޓަރު ފަރާތަށް) ދާން އޮތް މަގަށް ކިޔައި އުޅެނީ ކަމަނާ މަގެވެ. މިމަގަކީ މުހައްމަދު ތަކުރުފާނު ރެހެންދި ގޮއްޔެ ގޮވައިގެން ވަޑައިގެންނެވި މަގު ކަމުގައި ބުނެވެއެވެ. ކުރީ ޒަމާނުގައި މިމަގުގައި ފެންވަޅެއް ހުރެއެވެ. މިވަޅު ފަހުން ފެންނަން ހުރީ އަޑިގަނޑެއް ގޮތަށެވެ. " މި މަގަކީ ކުރީޒަމާނުގައި ވިޔަޒޯރު އަތޮޅުވެރިކަމުގައި ބޮޑު ޢީދު ފާހަގަކުރުމަށް، އަތޮޅުގެ ބައެއް ރަށްރަށުން މީހުން އައިސް ޢީދު ކުޅިވަރު ކުޅުނު […]