ކޯޑިން އަކީ އަންހެނުންނަށް ވެސް ކުރިއަށްދެވޭނެ ދާއިރާއެއް- ހަނާން

ޖަމާލުއްދީން ސްކޫލުގެ ގުރޭޑު 7 މިފަހަރު ނިމުނު އާއިޝަތު ހަނާން މުހައްމަދު އާސިފު އަކީ ތަފާތު ރޮގުތަކުން ފާހަގަކޮށްލެވޭ ކުއްޖެކެވެ. އުމުރުން 14 އަހަރުގެ ހަނާން އަކީ އަމިއްލަ ވެބްސައިޓެއް ތައްޔާރުކޮށްގެން އަމިއްލައަށް އެކި މައުޟޫތަކަށް ލިޔުންތައް އެވެބްސައިޓުގައި ޕަބްލިޝްކުރަމުންދާ ލިޔުންތެރިއެކެވެ. ޒީޓައިމްސް އަށް މައުލޫމާތުދެމުން ހަނާން ވަނީ އަމިއްލަ ވެބްސައިޓް ކަމުގައިވާ 'ކްރޭޒީ ކޫރިއަސް' އުފެދުނު ގޮތުގެ ތަފްސީލްވެސް ކިޔައިދީފައެވެ. " ކޮވިޑް ދުވަސްވަރުވީމަ އެހާބޮޑު ކަމެއް ނޯވޭ ކުރަން. ބޭރަކަށްނުދެވޭ. ކުޅިވަރު ނުކުޅެވޭ. އެހެންވެ […]